ރާއްޖެއިން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން ވައިޑް ބޮޑީ މަތިންދާ ބޯޓެއް ހޯދަން މޯލްޑިވިއަން އިން އިއުލާންކޮށްފިއެވެ.
މޯލްޑިވިއަން މިއަދު އިއުލާންކުރީ ފަސް އަހަރުގެ މުއްދަތަށް ޑްރައި ލީސް އުސޫލުން އެއާބަސް އޭ330-220 މަރުކާގެ މަތިންދާބޯޓެއް ހޯދުމަށެވެ. އަދި އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ 14:30 ގެ ކުރިން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށްވެސް އެ ކުންފުނިން ކުރި އިއުލާނުގައި ވަނީ އެދިފައެވެ.

މީގެއިތުރުން ބިޑް ކާމިޔާބުކުރާ ފަރާތަށް އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އަންގާނެ ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މޯލްޑިވިއަން އިން ބޭރުގެ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރަން އައު ބޯޓެއް ހޯދަން މަސައްކަތް ކުރަމުން އަންނައިރު، އެ ކުންފުނީގެ އަމާޒަކީ ޔޫރަޕްފަދަ މަންޒިލްތަކަށް ދަތުރުތައް ފެށުމެވެ.