ވިލިމާލެ އާއި މާލެއާ ދެމެދު ސީ-އެމްބިއުލާންސްގެ ހިދުމަތް ސަރުކާރުން މިއަދު ފަށައިފިއެވެ.
ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސީ-އެމްބިއުލާންސްގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓްރު ޑރ. އަބްދުﷲ ހަލީލް އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުލް ރައްޒާގް ހަލީމްއެވެ.

މާލެ އާއި ވިލިމާލެއާ ދެމެދު ސީ-އެމްބިއުލާންސްގެ ހިދުމަތް ފަށާފައި މިވަނީ ވިލިމާލެ ހޮސްޕިޓަލުން ކުއްލި ހާލަތްތަކުގައި ބަލި މީހުން އައިޖީއެމްއެޗްއަށް ގެންދިއުމަށެވެ.
Post Views: 104