ގައުމީ ކެޑޭޓް ކެމްޕުގައި ބައިވެރިވުމަށް އައި ކެޑޭޓުންނާ ނައިބްރައީސް ބައްދަލުކުރައްވައިފި

335811_25b09dd4-e_

ގައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުން ޒިޔާރަތްކުރި ކެޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި 23 ވަނަ ގައުމީ ކެޑޭޓް ކޭމްޕުގައި އަވައްޓެރި ބައެއް ގައުމުތައް ކަމުގައިވާ އިންޑިޔާ، ސްރީލަންކާ އަދި ނޭޕާލްގެ ކެޑޭޓުން ބައިވެރިވެއެވެ.

މި ކެޑޭޓުންނާ ބައްދަލުކުރައްވައި ނައިބްރައީސް ވަނީ ހުރިހާ ކެޑޭޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެހެން ސަގާފަތްތައް ދަސްކުރުމަށް ކެޑޭޓުން ދޭ ސަމާލުކަން ފާހަގަކުރައްވައި މި ކޭމްޕުގެ ސަބަބުން ކެޑޭޓުންގެ އަމިއްލަ ކުރިއެރުމަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދިއުމަށް އުންމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކި ސަގާފަތްތަކުގެ މުއްސަނދި ހިޔާލުތަކާއި ތަފާތު ތަޖުރިބާތަކުގެ ބޭނުން ހިފުމަށް ކެޑޭޓުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިޔާއާއި، ސްރީލަންކާ އަދި ނޭޕާލްގެ ކެޑޭޓް ވަފުދުތަކުން ހަދިޔާ ބަދަލުކުރުން ވެސް އޮތެވެ. އަދި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ ދިވެހި ސަރުކާރުން އެ ކެޑޭޓުންނަށް އަދާކުރެއްވި މެހެމާންދާރީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

1991 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން އަންނަނީ ކޮންމެ އަހަރަކު ޤައުމީ ކެޑޭޓް ކޭމްޕް ބާއްވަމުންނެވެ. އެގޮތުން މިއަހަރު ބާއްވާ ގައުމީ ކެޑޭޓް ކޭމްޕް ކުރިޔަށްގެންދަނީ 23 ޑިސެންބަރު 2023 އިން 4 ޖަނަވަރީ 2024 އަށް ގިރިފުށީގައެވެ.

Leave a Reply

Your email address will not be published. Required fields are marked *