މާލޭގައި މިއަދު ހިންގި މާރާމާރީއެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، މިއަދު މިއަދު ހަވީރު 4:10 އަމީނީ މަގުން ޣިޔާސުއްދީން ސްކޫލް ކައިރީގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި، މި ހަދީސާގައި އަނިޔާވެފައި ވަނީ ފިރިހެނަކަށް ކަމަށެވެ.
އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
Post Views: 50