ފަޅު ހިއްކައިގެން ހަދާ ޕްލެޓްފޯމަކަށް ސްޓެލްކޯގެ ޕަމްޕް ސްޓޭޝަންތައް ބަދަލުކުރަނީ!

848a1bf3-cd38-463d-900f-d974774d9871

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ޕަމްޕް ސްޓޭޝަންތައް އެ ސަރަހައްދުގެ ފަޅު ހިއްކައިގެން ހަދާ ޕްލެޓްފޯމަކަށް ބަދަލުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ، މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް 7.1 މިލިއަން ރުފިޔާއަށް ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ، މަސައްކަތާ ގުޅޭ ސަވޭއެއް ކުރާނެ ކަމަށާއި، އެއަށްފަހު ޝީޓްޕައިލްކޮށް ޕްލެޓްފޯމެއް ހަދާނެ ކަމަށެވެ. އަދި ސްޓްރަކްޗާ ހަދައި ނިންމުމަށްފަހު އެތަނަށް މެޝިނަރީތައް ބަދަލު ކުރާނެ ކަމަށެވެ.

މި މަޝްރޫއުގެ އީއައިއޭ މިހާތަނަށް އެޕްރޫވް ކޮށްފައި ނުވާއިރު، ޑިޒައިން ފައިނަލް ނުވާތީ ހިއްކަނީ ކިހާ ސަރަހައްދެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *