އާޒިމް މޭޔަރުކަމުގެ ހުވާ ކުރައްވާނީ އަންނަ ހޯމަ ދުވަހު

GD4DGNBacAAQTR2

މާލެ ސިޓީގެ މޭޔަރުކަމުގެ ބައި-އިލެކްޝަންގައި ކާމިޔާބު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ހުވާ ކުރެއްވުން އަންނަ ހޯމަ ދުވަހު ދަރުބާރު ގޭގައި ބޭއްވުމަށް ނިންމައިފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމަ ދުވަހު މޭޔަރަކަށް ހޮވުނު އާޒިމްގެ އިތުރުން މާލެ ސިޓީގެ ކައުންސިލަރު ކަމަށް އަލަށް ހޮވުނު ތިން ކައުންސިލަރުންވެސް ހުވާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފެހި ތަނަވަސް މާލޭގެ ތަސައްވަރާއެކު މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިހާބު އާޒިމް ކާމިޔާބު ކުރެއްވީ 7،621 ވޯޓުންނެވެ. އަދި އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ލިބިވަޑައިގެންނެވީ 5،035 ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *