ރޯދައިގެ ކުރިން ހުޅުމާލޭ ފޭސް 2 ގެ ވަގުތީ މިސްކިތެއް އަޅައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ބުނީ، ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށެވެ.

މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިކޮށް ހަދަމުންދާ މިސްކިތެއް ކަމަށާއި، އަދި މި މިސްކިތުގައި 150 މީހުންގެ ޖާގަ ހިމެނޭ ކަމަށް އާބަންކޯއިން ބުނެއެވެ. އަދި އާބަންކޯގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މި ވަގުތީ މިސްކިތް ނިންމުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
Post Views: 101