ރައްޔިތުން ނިކުމެ ގއ.އަތޮޅު ހޮސްޕިޓަލްގެ ނަން ހެލްތު ޕޯސްޓަކަށް ބަދަލުކޮށްފި

img_lg_202401181217001705562220.8181

ރައްޔިތުން ނިކުމެ ގއ.އަތޮޅު ހޮސްޕިޓަލްގެ ނަން ހެލްތު ޕޯސްޓަކަށް މިއަދު ބަދަލުކޮށްފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ދެމުން ގއ.ވިލިނގިލިން ވާހަކަ ދެއްކި މިހަކު ބުނީ، ވިލިނގިލީގައި ހުންނަ ގއ.އަތޮޅު ހޮސްޕިޓަލްގެ ނަން ހެލްތު ޕޯސްޓްގެ ނަމަށް ބަދަލުކޮށްފައި ވަނީ އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތުގެ ފެންވަރު ދަށްވުމުން ކަމަށާއި، ރަށުގެ ރައްޔިތުން ވަނީ ހޮސްޕިޓަލް ސަރަހައްދަށް އެއްވެ އިހުތިޖާޖުވެސް ކޮށްފައި ކަމަށެވެ.

"ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތުގެ ފެންވަރު ވަރަށް ދަށް މިހާރު. ހާލުބޮޑު ބަލި މީހަކު މާލެ ނުފޮނުވިގެން މައްސަލަ ހޫނުވީ. އެމީހާ ފޮނުވަން އާއިލާއިން އެތައް ފަހަރަކު އެދުނު ނަމަވެސް ހޮސްޕިޓަލްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައެއް ނުވޭ" ވިލިނގިލިން ތޭވީސްއަށް މައުލޫމާތު ދިން މީހާ ބުނިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖު ކުރަން ފެށުމުން ހޮސްޕިޓަލުގައި އޮތް ހާލުބޮޑު މީހާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ފްލައިޓެއް ޗާޓަރުކޮށްގެން މިހާރު އެމީހާ ގެންނަން އުޅޭ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *