މިސްކިތުގެ ކަރަންޓް ޑޮމެސްޓިކް ރޭޓަށް ބަދަލުކުރުމާއެކު ކައުންސިލްތައް ބާރުވެރިވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ރޭ ރޭ ކުޅުދުއްފުށި ސިޓީގައި އިޢުލާނުކުރެއްވި ފަދައިން ގްރޭޓާ މާލެ ސަރަޙައްދާއި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ އެހެން ރަށްރަށުގައިވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.

މިއީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމަށާއި، ކައުންސިލްތަކުން ކުރާ ޚަރަދު އިޤުތިޞާދުކޮށް ސިންދަފާތު ކުރެވޭނެ މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމުނު ފުރިހަމަ އަދި މުހިއްމު ނިންމުމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މި ނިންމެވުމާއެކު ބައެއް ކައުންސިލްތަކުން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.