ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިންގެ ހަތް ވަނަ ބެޗު ފަށައިފި

STELCO

ސްޓެލްކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިއަށްގެންދާ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިންގެ ހަތްވަނަ ބެޗު ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރާއި ގުޅިގެން ގިރިފުށީގައި ކުރިއަށްގެންދާ މި ޓްރެއިނިނިންގެ ހަތްވަނަ ބެޗުގައި ސްޓެލްކޯގެ 51 މުވައްޒަފުން ދަނީ ބައިވެރިވަމުންނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް އެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމަށެވެ. މި  ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ އިތުރުން ސްޓެލްކޯއަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ކުރިއަށްގެންދެވެނީ ސިފައިންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށްވާތީ، ފަހުމީ ވަނީ ސިފައިންގެ އެންމެ އިސް ވެރިޔާ ރައީސް ޑރ. މުޙައްމދު މުޢިއްޒުއަށާއި، ދިފާއީ ވަޒީރު ގައްސާން މައުމޫނަށާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ޓްރެއިނިންގގެ ފުރަތަމަ 6 ބެޗުގައި ބައިވެރިވެ ސްޓެލްކޯގެ 368 މުވައްޒަފަކު ވަނީ ޓްރެއިނިންގ ފުރިހަމަކޮށްފައެވެ. ސްޓެލްކޯއިން ބުނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެތެރޭގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުން މި ޓްރެއިނިންގ ފުރިހަމަ ކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *