ގުރައިދޫގެ އަންހެނުންނަށް ސްޓެލްކޯއިން ކަރަންޓު ކޯހެއް ހިންގައިފި

WhatsApp Image 2024-11-26 at 23.44.59

ކ. ގުރައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިސްނެގުމާއެކު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ގުޅިގެން އެ ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ބޭސިކް އިލެކްޓްރީޝަން ކޯހެއް ހިންގައިފިއެވެ.

މިދިޔަ ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 22 އަންހެނުން ބައިވެރިވެފައިވާއިރު، މި ކޯހުގައި ކަރަންޓުގެ އެންމެ އަސާސީ މަސައްކަތްތައް ކުރެވޭނެ ތަމްރީނު ދެވިފައިވާކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން ކަރަންޓު އިޤްތިޞާދުކުރުމަށް ކުރެވިދާނެ ކަންކަމާއި، ކަރަންޓު ބިލްތައް ތައްޔާރުކުރެވޭ ގޮތާ ގުޅޭ މަޢުލޫމާތު ސްޓެލްކޯގެ ޓެކްނިކަލް ތަޖުރިބާކާރުން ވަނީ މި ކޯހުގެ ބައިވެރިންނާއި ހިއްސާކޮށްފައެވެ.

މި ކޯހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޝަފީޤާ އަލީ ވިދާޅުވީ، "މިފަދަ ޕްރޮގްރާމްތަކުން ރަށުގެ އަންހެނުންނަށް އައު ހުނަރުތަކެއް ލިބި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިވެގެންދާނެ" ކަމަށެވެ.

މި ޕްރޮގްރާމްތަކަކީ ސްޓެލްކޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ބައެއްކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *