އަލިފާނުގެ ހާދިސާ ތަހުގީގު ކުރަން ބޭރުގެ އެހީ ހޯދަނީ

ހައުސިން މިނިސްޓްރީގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ / ފޮޓޯ: ރައީސް އޮފީސް

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހޯދަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.

މި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ، އެންވަޔަރަމެންޓް މިނިސްޓްރީގައި ރޯވެ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި އަލިފާނުގެ ހާދިސާއާއި ގުޅިގެން މިއަދު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރު (ސީޕީ) އަލީ ޝުޖާއު ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ތަހުގީގުގެ ކަންކަމުގައި ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ބޭރުގެ ޓީމާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ސީޕީ ޝުޖާއު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގިތަނުގައި ފުލުހުންގެ ފޮރިންސިކް ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން ނަގަންޖެހޭ ސާމްޕަލްތައް ނެގުމާއި ބަލަންޖެހޭ ސީސީޓީވީ ފޫޓޭޖް ނަގައި އެނަލިސިސް ހަދަމުންދާކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ސީޕީ ވިދާޅުވީ ރާއްޖޭން ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމަކާއެކު މަސައްކަތް ކުރުމުން މިކަމުގެ އިތުރު މައުލޫމާތު މާ ލަސްތަކެއްނުވެ ރައްޔިތުންނަށް ފޯރުކޮށްދެވޭވަރަށް މި މަސައްކަތްތައް ދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *