މާލޭގައި ރޭ ތިން މާރާމާރީއެއް ހިންގާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ބަޔަކު، މުނިޔާމަގު ދިރިޕަބްލިކް ކެފޭ ތެރެއަށް ވަދެ މާރާމީރީ ހިންގި މައްސަލައެއް ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ރޭ 6 މީހަކު ސައިކަލްގައި އައިސް, ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުން، ކިންޒާ ކެފޭ ކުރިމަތީ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައިވާ ކަަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެއިތުރުން ފިލިގަސްމަގު ނޫރު މިސްކިތް ކައިރީގައި ބަޔަކު މީހުން މާރާމާރީ ހިންގި މައްސަލަ އެއްވެސް ރޭ ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ ޑިސެމްބަރ 12 ވަނަ ދުވަހު ހުށަހެޅުނު ލެޓްސްގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލައެއްވެސް ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މިމައްސަލަތައް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.