ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް ފާތިމަތު އާޝާން އައްޔަނު ކޮށްފި އެވެ.
އާޝާން އަކީ އެފްއެސްއެމްގެ ފުރަތަމަ އަންހެން އެމްޑީ އެވެ. އެސްޓީއޯއިން ބުނެފައިވަނީ މިއީ އެކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެއްގެ އެންމެ އިސްވެރިއަކަށް އަންހެނަކު އައްޔަނު ކުރި ފުރަތަމަ ފަހަރު ކަމަށެވެ.


އެފްއެސްއެމްގެ އެމްޑީއަކަށް އައްޔަނުކުރި އާޝާމް މީގެކުރިން ވަނީ މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމުވެސް އަދާކުރައްވާފަ އެވެ.
އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން އައްޔަނު ކޮށްފައިވަނީ، އެ މަގާމުގައި ހުންނެވި އިސްމާއިލް ސުހައިލް އިސްތިއުފާ ދެއްވުމުންނެވެ.
				 Post Views: 36
			
				 
				 
															
