ފަޒުލްއާއި އެޗްޑީސީގެ ބޯޑު ސަސްޕެންޑް ކޮށްފި

Fazul

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ސަސްޕެންޑް ކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) މިއަދު ބުނެފައިވަނީ، އެޗްޑިސީއާއި ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން، އެ ތަހުގީގު ނިމި ޕީސީބީން ވަކިގޮތެއް އަންގަންދެން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފު ފިވަޔައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުވެސް، ވަކިގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

ފަޒުލް އަދި އެޗްޑީސީގެ ބޯޑު ސަސްޕެންޑް ކޮށްފައިމިވަނީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ނަން ލިސްޓުގައި ހިމަނައި އޭނާއަށް ގޯތީގެ ރެޖިސްޓްރީއެއް ހަދައިފައިވާ މައްސަލަ ތަހުގީގު ކުރަމުން ގެންދަނިކޮށެވެ. ފަޒުލްގެ ބޭބެ ފަޒީލް އަކީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ. އޭނާވެސް މި މައްސަލައާއި ގުޅިގެން ހުރީ ސަސްޕެންޑް ކޮށްފަ އެވެ.

ފަޒުލްގެ ބޭބެގެ އިތުރުން އިތުރު ބަޔަކަށްވެސް ގޯތި ރަޖިސްޓްރީ ހަދައިދީފައިވާކަން ވަނީ ފަޅާއަރާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *