24 ގަޑިއިރުތެރޭ މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ

IMG_4732

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ މާލެއަށް ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.

މާލެއަށް ރޭ ހުއްޓާ ނުލާ ވާރޭވެހުނުއިރު މެޓް އޮފީހުން ބުނެފައިވަނީ މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. ދެން އެންމެ ބޯކޮށް ވާރޭ ވެހުނުކަމަށް ރެކޯޑް ކޮށްފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 117.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ބ. ދަރަވަންދޫއަށް 111.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މީގެއިތުރުން އއ. ތޮއްޑޫ، ހުޅުމާލެ، ކ. ދިއްފުށި، ކ. ގުރާ، ކ. ކާށިދޫ އަދި ބ. ގޮއިދޫއަށް ރެކޯޑް އަަދަދަކަށް ވާރޭވެހުނުކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެ އެވެ.

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *