އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ލިބިފައި ނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް މުއިއްޒު ބައެއް މީޑިއާތަކާ ބައްދަލުކުރެއްވިއިރު، ތަރުޖަމާނު ހީނާ ވަލީދާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ލިބިފައިވޭތޯ ނޫސްވެރިއަކު ސުވާލު ކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ހީނާއާ ގުޅޭ އެއްވެސް ކަމެއް އެމަނިކުފާނާ ހަމައަށް އަދ ނާންނަ ކަމަށެވެ. އެމަނިކުފާނަށް އެފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގުމަށް ކުއްޔަށްހިފާފައިވާ އިމާރާތެއްގެ ދެ ފްލޯގައި އަލަށް އެފެއްދި އެމްޓީވީ ހިންގަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސޯޝަލްމީޑިއާގައި ފެންމަތިވެ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.