ފަޒުލް ދިރިއުޅޭ ގެ ބަލައިފާސްކޮށްފި

Fazul

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ބަލައިފާސްކޮށްފި އެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ނަން ލިސްޓުގައި ހިމަނައި އޭނާއަށް ގޯތީގެ ރެޖިސްޓްރީއެއް ހަދައިފައިވާ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައާއި ގުޅިގެން ފަޒުލް ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފަ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފަޒުލް ދިރިއުޅޭ ގެ ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ބަލައިފާސްކުރުމަށްފަހު ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އޭގެތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނުވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ފަޒުލް އަދި އޭނާގެ ބޭބެ ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *