އިންޑިއާގެ އާ ސަފީރު މަގާމުގެ ފަތްކޮޅު އަރުވައިފި

383064_3617161a-d_

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ޖީ. ބާލަސުބްރަމާނިއަން މަގާމުގެ ފަތްކޮޅު ރައީސް މުއިއްޒުއަށް އަރުވާފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތަށްފަހު ރައީސް މުއިއްޒު އަދި އިންޑިއާގެ ސަފީރު ބައްދަލުކުރެއްވިއިރު، ބައްދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އަދި އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރްގެ ހެޔޮއެދުންތައް ރައީސްއަށް އަރިސްކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އެގޮތުން ‌‏ތަރައްޤީގެ މަގުގައި އެއްބާރުލުންދިނުމާއި އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކާއި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓުތައް އިތުރުކުރުމާއި އަދި ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ‏ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *