ގުޅީފަޅު މަގުތަކާއި ފެނުގެ ނިޒާމު ގާއިމުކުރަން ޗައިނާ ކުންފުންޏަކަށް

383140_b5ba7e26-3_

ކ. ގުޅިފަޅުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗާ ޤާއިމުކުރުމުގެ މަސައްކަތް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލު ކޮށްފި އެވެ.

މިއަދު ސޮއިކުރެއްވި މަޝްރޫއުގެ ދަށުން، ކަރަންޓުގެ ޚިދުމަތްދިނުމުގެ ނެޓްވޯކް ޤާއިމުކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު މުޅި ގުޅިފަޅުގައި ޤާއިމުކުރުމާއި، ޑީވޯޓަރިން ސިސްޓަމް ޤާއިމުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ގިގަބިޓް އީތަނެޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕީއޯއެން) ޑަކްޓް ސިސްޓަމް ޤާއިމުކުރުމުގެ އިތުރުން ގޭސް ސްޓޯރޭޖާ ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ފުރިހަމަވެގެންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

މި މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން، ހައުސިންގ އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އިން ރީޖަނަލް ޖެނެރަލް މެނޭޖަރު ކިއާން ހައޯޖޫން އެވެ.

މި މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ މި މަޝްރޫއަކީ ރައީސްގެ އިސްނެންގެވުމުގެ މަތިން މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރައްވާ މަސައްކަތެއްކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *