ކަސްޓަމްސްގެ މުވައްޒަފުންތަކަކަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައެއް ބަލަނީ

Corp-Feature-Photo-4-17

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން 2024 އޯގަސްޓް 19 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ފުލުހުންގެ ފަށާފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ގާތްގަނޑަކަށް 20 އޮފިސަރަކު ބައިވެރިވާކަމަށް ތުހުމަތުކުރެވެ އެވެ. އަދި ކަސްޓަމްސްގެ މި މުވައްޒަފުންގެ އެކައުންޓްތަކުގައި 400 މިލިއަނެއްހާ ރުފިޔާގެ ފައިސާ ދައުރުކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *