ރާއްޖެއަށް އަސްކަރީގޮތުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އިންޑިއާއިން ދީފި އެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންގްއާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަ ކުރައްވާފަ އެވެ.
މީގެއިތުރުން އިންޑިއާއިން ރާއްޖެ އަދި އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތުގައި އެއްބާރުލުންދޭނެ ކަމަށްވެސް އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
ޣައްސާން އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ޑިފެންސް މިނިސްޓަރުގެ މަގާމާ ޣައްސާން ހަވާލުވެވަޑައިގެންނެވިފަހުން ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.