ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެތް އޮފީހުން މިއަދު ބުނެފައިވަނީ، ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. މި ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.

އެހެންކަމުން ޖެނުއަރީ 13 އިން 18 ވަނަ ދުވަހާއި ދެމެދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.
މެޓް އޮފީހުން ބުނެފައިވަނީ މި މުއްދަތުގައި އާންމުވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތްކަމަށްވެސް ބުނެފައިވެ އެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދިފައިވެ އެވެ.