މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި

Male_drug_3689f4d5bd

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޖެނުއަރީ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުން:

  1. ގއ. މާމެންދޫ / މޫނިމާގެ، ނަޒީހް ޝަރީފް، 27 އަހަރު
  2. ޏ. ފުވައްމުލައް / ދަޑިމަގު، ވައިގެ، މުހްސިން މުހައްމަދު، 31 އަހަރު
  3. މާލެ، ދަފްތަރު ނަންބަރު ދރ.465، މުހައްމަދު ޝާން އަބްދުލްޣަނީ، 40 އަހަރު

ފުލުހުން ބުނެފައިވަނީ އެ އިދާރާގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މިތަކެތީގެ ވަގުތީ ބަރުދަނަކީ 98.37 ގުރާމު ކަމަށް ބުނެފައިވެ އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *