ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި އަލިފާން ރޯވެފައިވަނީ ރޭފަތިހު 04:20 ހާއިރު އެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ރޯވި ސަރަހައްދަށް ފަޔަރފައިޓަރުން ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ކޮންޓްރޯލްކުރެވުނީ ފަތިހު 05:27 ހާއިރު އެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.
މި އަލިފާނުގެ ހާދިސާގައި ރޯވި ގުދަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.
Post Views: 23