އަލިފާނުގެ ހާދިސާއާ ގުޅިގެން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ފޮޓޯ: އެމްއެންޑީއެފް

ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

މި އަލިފާނުގެ ހާދިސާ ހިންގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ ފްރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ އޮތޯރިތީގެ ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އިންސާނީ އެހީ ފޯރުކޮށްދެންޖެ ގޭބީސީއެއް ހުރިތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަކުރެވުނު ކަމަށާއި އޭގެތެރޭގައި ހިމެނެނީ 14 ދިވެހިން އަދި 19 ބިދޭސީން ކަމަށް އެންޑީއެމްއޭއިން ބުނެފައިވެ އެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާފައިވާ ކަމަށވެެ. އަދި. ބިދޭސީ އެއް އާއިލާ އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައިވާ ކަމަށާއި، 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނި ތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *