ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

nazeeh_b1b30d0211

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގ. ޖޫތީގެ، ހަސަން ނަޒީހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަން ހިންގާފައިވަނި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށާއި މިއޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ ދެ ގެ ބަލާފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށްވުރެ ގިނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެ އެވެ. ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *