މަޖިލިސް ރައީސް އަބްދުއްރަހީމް އެމްޑީޕީ ޕީޖީ ލީޑަރާ ބައްދަލުކުރައްވައިފި

photo-collage.png

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލްއާ ބައްދަލު ކުރައްވައިފި އެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް، ނާޒިލްއާ ބައްދަލުކުރައްވާފައިވަނީ މިއަދު މަޖިލީހުގެ އިދާރާގަ އެވެ.

މި ބައްދަލުވުމާ ގުޅޭ އެއްވެސް ތަފުސީލެއް މަޖިލީހުގެ އިދާރާއިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ބްރާސްފަތި ދުވަހު މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ ބާއްވާނެ އެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ.

ރައީސް މުއިއްޒުއާ މަޖިލިސް ރައީސް އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާއިރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލްވެސް ވަނީ މިފަހުން މަގާމުން ވަކިކޮށްފަ އެވެ. އަދި އަބްދުއްރަހީމާ ގާތްގުޅުން އޮންނަ ބައެއް ފަރާތްތައް އަންނަނީ މަގާމުން ވަކިކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *