ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ކުރިއަށްދާ ވަގުތު އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ކައިރިޔަށް އެއްވުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިސް މިދައުރަށް ހުޅުވުމަށް ބާއްވާ ޖަލްސާ ކުރިއަށްގެންދިޔަ ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 ގަ އެވެ.

އެމްޑީޕީން ނިންމާފައިވަނީ ރިޔާސީ ބަޔާން އިއްވުން ކުރިއަށްދާ ވަގުތު މަޖިލިސް ކައިރިޔަށް އެއްވުމަށެވެ.
ރިޔާސީ ބަޔާން އަޑުއަހަން އެންމެން މަޖިލިސް ދޮަށަށް!
🗓️ 06 ފެބްރުއަރީ، ބުރާސްފަތި
📍ރައްޔިތުންގެ މަޖިލިސް pic.twitter.com/waHuxmoIwk— MDP Secretariat (@MDPSecretariat) February 4, 2025
އެމްޑީޕީން ވަނީ ޑިސެމްބަރު 31 ވަނަ ދުވަހުވެސް މާލޭގައި ބޮޑު އެއްވުމެއް ކުރިއަށް ގެންގޮސްފަ އެވެ. މި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އެއްވުމުގެ ބައިވެރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ހޯމް މިނިސްޓަރު އަލީ އަހުސާންގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ.