ފުލުހަކަށް ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރަން އަމަލުކުރިގޮތް ބަލަނީ

ރ. މީދޫ ޕޮލިސް ސްޓޭޝަން--

ރ. މިދޫގައި ފުލަކަށް ހަމަލާދިން ކުޑަ ކުއްޖާ ކޮންޓްރޯލް ކުރުމަށް އަމަލުކުރިގޮތް ރިވިއު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުންދިޔަ ކުދިބަޔަކަށް އެގޮތަށް އެކަން ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން، އެކަން ނުހުއްޓާނެކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅުހަދާފައިވާ ކަމަށެވެ. އެހެންކަމުން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގާ ޕޮލިސް އޮފިސަރަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށާއި އަދި ކުއްޖާއަށް ޕޮލިސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރާތި އެމައްސަލަވެސް ބަލަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެއިތުރުން މި އިންސިޑެންޓްގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *