މާލޭގެ ގެއެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.
އަލީފާން ރޯވީ މ.ހައުސްޕްލާޒާ ގޭގަ އެވެ. މި ތަނަކީ ގިނަދުވަސް ތަކެެއްވަންދެން ފަޅުގެއެއްގެ ގޮތުގައި ހުރިތަނެކެވެ.
މިގޭގައި އަލީފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބުމުން އެސަރަހައްދަށްގޮސް އެމްއެންޑީއެފް ފަޔާ ފައިޓަރުން ކުރި މަސައްކަތުން އެ އަލިފާންގަނޑު ނިއްވާލެވުނީ 07:47 ހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.
މި ގޭގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
Post Views: 12