ޓެކްސީ ޑްރައިވަރުންގެ ހައްގުގައި ކުއްލި މައްސަލައެއް

މެންބަރު މީކައިލް އަހުމަދު ނަސީމް . ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓެކްސީ ޑްރައިވަރުންގެ ޓެކްސީ ހިދުމަތްދޭ ފަރާތްތަކުގެ އަސާސީ ހިދުމަތްތަަކަށް އުނިކަންއަންނަ ގޮތަށް ހިންގާ އަމަލުތައް ހުއްޓުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅި މި ކުއްލި މައްސަލަ ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ މަޖިލީހުގައި ވަނީ މި ކުއްލި މައްސަލައަށް ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

މި މައްސަލައިގައި ބުނެފައިވަނި ޓެކްސީ ޑްރައިވަރުންގެ ސުލްހަވެރި އިހުތިޖާޖަށް ހުރަސްއަޅާ، ޓެކްސީތައް ޓޯކޮށް، ޓެކްސީ ހިދުމަތްދޭ ފަރާތްތަކުގެ އަސާސީ ހިދުމަތްތަަކަށް އުނިކަންއަންނަ ގޮތަށް ސަރުކާރުން ހިނގަމުންދާ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްޤެއްކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ ޓެކްސީ ހިދުމަތްދޭ ފަރާތްތަކުގެ މަސައްކަތްކުރުމުގެ ހައްޤުތަކަށް ހުރަސްއެޅޭގޮތަށް ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައިވާއިރު އެކަމާ ދެކޮޅަށް ޝުއޫރުފާޅުކުރުމަށް ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރުމުން އެކަމަށް އިޖާބަދިނުމެއްނެތި ފުލުހުން މެދުވެރިކޮށް ސަރުކާރުން އިހުތިޖާޖަށް ހުރަސްއަޅާފައިވާ ކަމަށެވެ.

އެގޮތުން ސުލްހަވެރިކަމާއެކު އިހުތިޖާޖުގައި ބައިވެރިވަމުންދިޔަ ޓެކްސީ ޑްރައިވަރުން ހައްޔަރުކޮށް، ޓެކްސީތައް ޓޯކޮށްފައިވަނީ ޤާނޫނުއަސާސިއާ ހިލާފަށް ކަމަށާއި މިކަމަކީ އެމީހުން ކާންބޯން ކުރާ މަސައްކަތަށް ހުރަސް އަޅާ ކޮށްފައިވާ ނޭއްގާނީ އަމަލެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. އަދި މިކަމަކީ އެ ރައްޔިތުންގެ އަޑުކަނޑުވާލުމަށް ހިންގާފައިވާ އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *