އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް، ނައިބު ރައީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް ކަމަށް ބޭފުޅުން އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިމައްސަލައިގައި ރައީސް ފޮނުއްވާފައިވާ ސިޓީ އިއްވާފަ އެވެ.

އެގޮތުން އީސީގެ ރައީސް ކަމަށް މުހައްމަދު ޒާހިދު، ނައިބު ރައީސް ކަމަށް އަބްދުއްރަހްމާން ސަލާހް ރަޝީދު އަދި އޭސީސީގެ ނައިބު ރައީސް ކަމަށް އަހުމަދު ނާޝިދު އައްޔަނު ކުރުމަށް ސިޓީގައި އެދިފައިވެ އެވެ.
މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
Post Views: 35