ސަރުކާރުން ޓެކްސީ ހިދުމަތް ދިނުމަށް އެމްޓީސީސީއަށް ހަވާލުކޮށްފި

IMG_5124

ސަރުކާރުގެ ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި ސަރުކާރުން ޓެކްސީ ހިދުމަތް ފެށުމަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ މިއަދު އެވެ.

"މާލޭ ޓެކްސީ ލައިން" ނަމުގައި އ.ީވީ ޓެކްސީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިއިރެކްޓަރު ރިޓެޔާޑް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަމީމް އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އިލެކްޓްރިކް ވެހިކަލް ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށެވެ. މި މަޝްރޫއަކީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ފުރަތަމަ ފިޔަވަހީގެ ދަށުނ،ް މާލ،ެ ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި މި ޚިދުމަތް ފަށާގޮތަށް ހަމަޖެހިފައިވަނީ މި އަހަރު އެވެ.

24 ގަޑިއިރު ފޯރުކޮށްދޭ ހިދުމަތެއްގެ ގޮތުގައި މި ހިދުމަތް ފެށުމަށް ނިންމާފައިވާއިރު މި ޚިދުމަތް ދިނުމަށްޓަކައި ކަސްޓަމަރުން ބޭނުންކުރާނެ ހާއްސަ އެޕް ތައްޔާރު ކުރެވޭނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެ އެވެ.

ސަރުކާރުގެ ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކުރިއިރު މިފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް ވަނީ ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އުޅޭ ވާހަކަ ދޮގު ކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *