ސަރުކާރުން ޓެކްސީ ހިދުމަތަށް ވަނުމުން 10،000 އަށްވުރެ ގިނަ މީހުންނަށް ގެއްލުންވާނެ

Corp-Feature-Photo-69-1

ސަރުކާރުން ޓެކްސީ ހިދުމަތަށް ވަނުމުން 10،000 އަށްވުރެ ގިނަ މީހުންނަށް ސީދާގޮތެއްގައި ގެއްލުންވާނެ ކަމަށް އަވަސް އެޕުން ބުނެފި އެވެ.

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމާ އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެކަމާ ކަންބޮޑުވުން ފާޅުކޮށް އަވަސް އެޕްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ އެހީގައި ޓެކްސީ ފްލީޓެއް ތައާރަފު ކުރުމަކީ ޓެކްސީ ދުއްވާ ފަރާޓްތަކާއި، ޓެކްސީ ސެންޓަރު ހިންގާ ފަރާތްތަކާއި ކުއްޔަށް ކާރު ދޫކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

މީގެއިތުރުން ކުދި ވިޔަފާރިތަކަށް ގެއްލުންވެ، މި ދާއިރާގެ ހަމަހަމަ ވާދަވެރިކަން ނެތިގެންދާނެ ކަމެއްކަމަށްވެސް ބުނެފައިވެ އެވެ.

"މި ނިންމުމުގެ ސަބަބުން މި ދާއިރާގައި ރަޖިސްޓްރީވެ އާމްދަނީ ލިބެމުން ގެންދާ 10،000 އަށްވުރެ ގިނަ ފަރާތްތަކަށް ސީދާ ނޭދެވޭ އަސަރު ކޮށް އެފަރާތްތަކުގެ ހައްޤުތަކަސް އަރައިގަނެވޭނެކަން ފާހަގަކުރަމެވެ." އަވަސް އެޕްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އަވަސް އެޕްއިން ބުނެފައިވަނީ ސަރުކާރުގެ މި ނިންމުމަމީ، މިކަމަށް އެކަށީގެންވާ މަޝްވަރާތަކާއި ދިރާސާތަކާ ނުލައި އެފަދަ އެއްވެސް ފްލީޓެއް ތައާރަދު ނުކުރާނެކަމަށް ބުނި ބުނުމާއި ސީދާ ހިލާފު ނިންމުަމެއް ކަމަށެވެ. އަދި މިފަދަ ބޮޑު ނިންމުމެއް ނިންމިއިރު ޓެކްސީ ދާއިރާގައި މަސައްކަތްކުރުމުން އަންނަ ބޭފުޅުންނާއި މަޝްވަރާ ނުކުރުމަކީ ހިތާމަކުރާ ކަމެއްކަމަށްވެސް ބުނެފައިވެ އެވެ.

"މިނިސްޓްރީއަށް ހުށަހެޅީ އާރްޓީއައިއަށް ޖަވާބުދެމުންވެސް މިނިސްޓްރީން މިފަދަ ފްލީޓެއް ހެދުމަށް އެއްވެސް ތައްޔާރީތަކެއް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ބުނެ ޖަވާބުދެއްވާފައިވާ ކަންވެސް ފާހަގަކުރަމެވެ." އަވަސް އެޕްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އަވަސް އެޕްއިން ބުނެފައިވަނީ ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *