މަސްދަޅު ކޭސް ހޯދަން ދިގު ކިއު، އިންތިޒާމެއް ނެތްކަމުގެ ޝަކުވާ!

IMG_5209

މަސްދަޅު ކޭސް ބަހަން ފެށުމާއެކު މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާ ތަނުގައި ދިގު ކިއުތައް ހަދައިފި އެވެ.

މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ މިރޭ 08:00 ގަ އެވެ.

މަސްދަޅު ކޭސް ބަހާ ސަރަހައްދުތަކުގައި ރައްޔިތުން ދިގު ކިއުތައް ހެދިއިރު، އެކަމުގެ އިންތިޒާމުތައް ހުރިގޮތުން ކިއުގައި ތިބި ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ބައެއް ސަރަަހައްދުތަކުގައި މުޅި ކޮށި ވަށައިޖެހޭ ވަރަށް ކިއުތައް ދިގެވެ.

ރޯދަ މަހަށް ބަހާ މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ  އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މާދަމާ އަކީ ހުކުރު ދުވަސް ކަމުން މާދަމާ މަސްދަޅު ކޭހެއް ނުބަހާނެ އެވެ.

ހޮނިހިރު ދުވަހު މަސްދަޅު ކޭސް ބަހާނީ ހެނދުނު 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. އަދި އާދިއްތަ ދުވަހުން ފެށިގެން ބްރާސްފަތި ދުވަހުގެ ނިޔަލަށް މެންދުރު 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށްގެންދާނެ އެވެ.

މަސްދަޅު ކޭސް ބަހާ ސަރަަހައްދުތަކަކީ މިފްކޯގެ އޮފީސް ކޮމްޕައުންޑް، ހެންވޭރު އެމްޓީސީސީ ސޯމިލް، ހުޅުމާލެ އުމަރު ޒާހިރު ބިލްޑިން، ހުޅުމާލެ ފޭސް2 ހިޔާ ޓަވަރު 10 ޔޫތު ސެންޓަރު އަދި ވިލިމާލެ ވެމްކޯ ސައިޓްގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *