ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރްސީއެމްއިން ބަލަނީ

Screenshot

ހޮޅުދޫގައި ޒަހަމުތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެރަށު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

2024 ސެޕްޓެމްބަރު 10 ވަނަ ދުވަހު ޒަކިއްޔާ މަރުވެފައި އޮށްވާ ފެނުނުއިރު މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި މައްސަލައިގައި އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެޗްއާރްސީއެމްއިން ބުނެފައިވަނީ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން އެކޮމިޝަނަށް މި މައްސަލައިގެ ތަހްގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް މިމައްސަލަ ތަހްގީގްކުރަމުންދާ ކަމަށް އެޗްއާރްސީއެމުން ބުނެފައިވެ އެވެ. އަދި މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ދިރާސާކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ޒަކިއްޔާ މަރުގެ މައްސަލައިގައި ފުލުހުން ބުނެފައިވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރިކަމަށެވެ. އެގޮތުން ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މިމައްސަލައިގެ ތަހުގީގަށް އެފްބީއައިގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *