މިހާރު ކުރިޔަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ ގަޑި ހަމަވުމުން ބައެއް ވޯޓުފޮށިތައް ބަންދުކޮށް، ގުނަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންދުކޮށްފައި ވަނީ އެއްވެސް މައްސަލައެއް ނުޖެހި ވޯޓުލުން މެދުކެނޑުމަކަށް ނާންނަ ވޯޓު ފޮށިތަކެވެ.

ނަމަވެސް ހަމަނުޖެހުންތަކާއެކު މެދުކެނޑުނު ވޯޓު ފޮށިތައް ބަންދު ކުރާނީ ވަގުތު ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ޕްރައިމަރީގައި ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ ހެނދުނު 09:00 އިން 17:00 އަށެވެ.
Post Views: 62