މާފުށީ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި

GpDU7YRbUAA8jDB

ކ،. މާފުށީ ސްޓެލްކޯއިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ބައްލަވާލައްވައިފި އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މާފުށީގައި ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރަށް ފުރިހަމަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ އިންޖީނެއް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތް އެމްޑީ ފަހުމީ ބައްލަވާލައްވާފައިވާ ކަމަށެވެ.

އަދި 1 މެގަވޮޓްގެ އިންޖީނެއް އޯވާހޯލް ކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ވެސް ބައްލަވާލައްވާފައިވާ ކަމަށެވެ. 

މީގެއިތުރުން ސްޓެލްކޯގެ އަތޮޅުތެރޭ އިންޖީނުގެތަކުގެ ހާލަތު ގާތުން ބެއްލެވުމަށާއި، ހިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމަށް ގެނެވިދާނެ ހައްލުތަކާއި މެދު މުވައްޒަފުންގެ ހިޔާލާއި މަޝްވަރާހޯއްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެމްޑީ ފަހުމީ އާއި ކުންފުނީގެ ބައެއް އިސްވެރިން ވަނީ ކ. ގުޅިއަށް ވަޑައިގެން ގުޅީ އިންޖީނުގޭގެ ހާލަތު ބައްލަވާލައްވާފަ އެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތު ދީފައިވެ އެވެ. 

Leave a Reply

Your email address will not be published. Required fields are marked *