ދިވެހިރާއްޖޭގެ އިޖުތިމާޢީ ތަރައްޤީގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަކީ އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ކުންފުންޏެވެ. މި ކުންފުނިން ދިވެހި މުޖުތަމަޢުއަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިކޮށްދޭ ޚިދުމަތްތަކެކެވެ.
ސްޓެލްކޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ރަށްރަށުގައި ޕަވަރ ހައުސްތައް ޤާއިމުކޮށް، ކަރަންޓުގެ ވިއުގަ ގާއިމުކުރުމާއި، 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސްޓެލްކޯއިން ކުރަމުންދާ އެންމެ މުހިންމު މަސައްކަތްތަކެވެ.

ސްޓެލްކޯއިން ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ޚާއްޞަ އިސްކަމެއް ދެއެވެ. މިގޮތުން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ތަންފީޒުކުރަމުން ދެއެވެ. ސޯލާ ޕެނަލް ބެހެއްޓުމާއި، އެހެނިހެން ގްރީން އެނަރޖީ މަޝްރޫޢުތައް ހިންގުމަކީ މީގެ ހެއްކެކެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވެގެންދެއެވެ. އަދި ޤައުމީ ނިސްބަތުން ތެލަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތަށް މީގެ ސަބަބުން އިންތިހާއަށް ބާރު ލިބިގެން ދެއެވެ.
ސްޓެލްކޯއަކީ ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ގިނައިން ފަހިކޮށްދޭ ކުންފުންޏެކެވެ. ޓެކްނިކަލް އަދި އިދާރީ ދާއިރާތަކުން ޒުވާނުންނަށް ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފޯރުކޮށްދިނުމުގައި މި ކުންފުނިން އިސް ދައުރެއް އަދާކުރެއެވެ. މީގެ އިތުރުން، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް އެކި ތަމްރީނު ޕްރޮގްރާމްތައް ހިންގައެވެ. ދިވެހިރާއްޖޭގާއި އުފައްދާފައިވާ ގިނަގުނަ ދައުލަތުގެ ކުންފުނިތައް، ނުވަތަ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ގޮތުގައި ގުނޭ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ ގިންތިކުރެވޭ ފެންވަރުގައި ބަލާއިރު ސްޓެލްކޯއަކީ ސައްތައިން ސައްތަ ދިވެހި މުވައްޒަފުން މަސައްކަތްކުރާ ހަމައެކަނި ކުންފުންޏެވެ.
ސްޓެލްކޯއިން އިޖުތިމާޢީ ޒިންމާ އަދާކުރުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. މީގެ ތެރޭގައި ތަޢުލީމީ ދާއިރާއަށް އެހީތެރިވުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
ސްޓެލްކޯއިން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރެއެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބިލްކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ކަސްޓަމަރ ސަރވިސް ރަނގަޅުކުރުމާއި، މައްސަލަތައް އަވަހަށް ހައްލުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެއެވެ.
ސްޓެލްކޯއަކީ ދިވެހިރާއްޖޭގެ އިޖުތިމާޢީ ތަރައްޤީގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ކުންފުންޏެވެ. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި، އިޖުތިމާޢީ ޒިންމާ އަދާކުރުމުގައި މި ކުންފުނިން ދައްކަމުންދަނީ ނަމޫނާއެކެވެ. މި ކުންފުނީގެ މަސައްކަތްތަކުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިވެގެންދެއެވެ.