ފައްޔާޒް އެދިލެއްވީ ރައީސް ނަޝީދު އަލުން ވިސްނެވުމަށް

268367_3_200683c2a3b45f697a52d859d8485d6efac92398_medium-1

އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވާނެކަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން އެކަމާމެދު އަލުން ވިސްނާލެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކުގެ ވަޓްސްއަޕް ގްރޫޕްތަކަށް ފޮނުއްވި މެސެޖެއްގައި "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީ ގޮފިތައް ހުރިހާ ރަށެއްގައިވެސް އަލުން ހަދާ، ކަނޑާލި ކަމަށް ބުނާ 39،000 އަށްވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި އެމީހުންނާއެކު ރިޔާސީ ކެންޑިޑޭޓަކު އިންތިހާބު ކުރުމަށެވެ.

ރައީސް ނަޝީދުގެ މިވާހަކައަށް ރައްދު ދެއްވައި މިނިސްޓަރު ފައްޔާޒް ވަޓްސްއަޕް ގްރޫޕްގައި ވިދާޅުވެފައި ވަނީ އެފަދަ ހަރަކާތެއް ހިންގުމަށް ޕާޓީގެ ގަވައިދާއި، އުސޫލު ތަންނުދޭ ކަމަށެވެ.

މީގެއިތުރުން ޕާޓީގެ ޓިކެޓް ކާމިޔާބުކުރެއްވި ފަރާތަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވެސް ފައްޔާޒް ވަނީ ވަޓްސްއަޕް އިން ދެއްވި ރައްދުގައި ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހު ކުރިހޯއްދެވީ 61 އިންސައްތަ ވޯޓުންނެވެ. ރައީސް ނަޝީދަށް ލިބިލެއްވީ 39 އިންސައްތަ ވޯޓެވެ.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *