ޕާކިސްތާނުގައި މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 32 މީހުން މަރުވެއްޖެ.

11

ޕާކިސްތާނާއި އަފްގާނިސްތާނުގެ ބޯޑަރު ކާރީގައިވާ ޕެޝާވަރު ސިޓީގެ މިސްކިތެއްގައި ބޮމުހެ ހަމަލާއެއްދީ، 32 މީހުން މަރުވެއްޖެއެވެ.

ބޮމުގެ ހަމަލާއެއް ދީފައިވަނީ ޕެޝަވަރު ސިޓީގެ ޕްރޮވިންސިއަލް ޕޮލިސް ފޯސްގެ މައި އޮފީސް އަދި ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓްގެ މައި އޮފީސް ކައިރީގައިވާ މިސްކިތެއްގައެވެ. ހަމަލާ ދިން މީހާ ހުރީ މިސްކިތުގެ ފުރަތަމަ ސަފުގައި ކަމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވިއެވެ.

މެންދުރު ނަމާދުގެ ވަގުތުގައި ދެވުނު މި ހަމަލާގެ ޒިންމާ އެއްވެސް ހަނގުރާމަވެރި ޖަމާޢަތަކުން އަދި ނަގާފައެއް ނުވެއެވެ. ނަމަވެސް ޕާކިސްތާނުގެ ހުޅަނގު އުތުރުގައިވާ މި ސިޓީއަކީ ހަނގުރާމަވެރި ޖަމާއަތްތަކުން ހަރަކާތްތެރިވަމުންދާ ސިޓީއެކެވެ.

ހަމަލާދެވުނުއިރު މިސްކިތުގައި ގާތްގަނޑަކަށް 260 މީހުން ތިބިކަމަށް ޕޮލިސް ޑިޕާޓްމަންޓުން މައުލޫމާތު ދޭއިރު، މި ހަމަލާގައި 147 މީހުން ޒަހަމެވެފައިވާކަމަށް، އަދި މީގެން ގިނަ މީހުން ކްރިޓިކަލް ހާލަތުގައިވާކަމަށް ޕެޝަވަރުގައި ހުންނަ ލޭޑީ ރީޑިންގ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި ހަމަލާއަކީ ޕެޝަވާރުގައި މިދިޔަ އަހަރުގެ މާޗް މަހު ދެވުނު ބޮމުގެ ހަމަލާޔަށްފަހު ދެވުނު އެންމެ ބޮޑު ހަމަލާއެވެ.

Leave a Reply

Your email address will not be published. Required fields are marked *