ރ.ހުޅުދުއްފާރުގެ މަގުތައް ހެދުން ބާރަށް ކުރިޔަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން ބުނީ، ހުޅުދުއްފާރުގެ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން ސްޓޯރމް ވޯޓަރ ނެޓްވޯރކް އެޅުމުގެ %75 މަސައްކަތް ވަނީ ނިމިފައި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ހުޅުދުއްފާރުގެ 3.2 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ހަރުކުރާނެ އެވެ.
މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 88 މިލިއަން ރުފިޔާއަށެވެ.
Post Views: 112