ހއ،ދިއްދޫ ބަނދަރާއި، ޖެޓީ ހެދުން: %61 މަސައްކަތް ނިމިފައި

sffw

ހއ،ދިއްދޫ ބަނދަރާއި، ޖެޓީ ހެދުމުގެ މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ދިއްދޫ ބަނދަރުގެ މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން މަޝްރޫއުގެ ދަށުން ރިވެޓްމަންޓް ޕްރޮފައިލް ކުރުމުގެ 81 އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 326 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 478 މީޓަރު ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.

މި މަޝްރޫޢަކީ 75.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *