ބީއެމްއެލްއިން އެކައުންޓުން ޑޮލަރު ނެގޭ ލިމިޓް އުވާލައިފި

dvev

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު އެކައުންޓުން ޑޮލަރުގެ ނެގުމުގެ ލިމިޓް އުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ، މިއަދުން ފެށިގެން އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ލިމިޓް އުވާލާފައިވާ ކަމަށެވެ.

މިގޮތުން ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާ މުއި ގައި ގާއިމްކޮށްފައިވާ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600 ޑޮލަރު ނެގޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން ބީއެމްއެލްއިން ބުނީ، ޔޫއެސް ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ ކަމަށާއި، މީގެ އިތުރުން ޔޫއެސް ޑޮލަރު އެކައުންޓުން އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ހިދުމަތްވެސް ލިބޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *