މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުވެގެންދާނެ: ރައީސް

fsve

އަންނަ މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ، މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވަމުން ތައުލީމީ ދާއިރާގެ ޕޭ ހާމަނައިޒް ކުރާ ވާހަކަ ދެކެވުނު ގޮތަށް އެކަން ވެގެންދިޔަ ކަމަށައި، ދެން ކުރިއަށް އޮތީ ސިއްހީ ދާއިރާ ކަމަށެވެ.

މިގޮތުން މެއި އެއްވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން މި އެލަވަންސް ލިބެންފަށާނެ ކަމަށެވެ.

މީގެއިތުރުން އަންނަ މާޗު މަހު ރާއްޖޭގެ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް އެ ހެޔޮ ބަދަލު އަންނާނެ ކަމަށާއި، ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު ޝަރުއީ ދާއިރާ އާ އިމާމުންނާ މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *