ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ގިނަ ބައެއްގެ ފުރާނަ ގެއްލުމާ ގުޅިގެން ރައީސް ސޯލިހު ތުރުކީގެ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާންއަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށާއި، މި ހިތާމަވެރި ދަނޑިވަޅުގައި ރާއްޖެ އޮންނާނީ ތުރުކީގެ ރައީސްގެ އިތުރުން ގައުމުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.
ތުރުކީއަށް މިއަދު އައިސްފައި ވަނީ 7.8 މެގްނިޓިއުޑް ބާރު މިނުގެ ބިންހެލުމެއް ކަމަށްވާއިރު، ބިން ހެލުމުގައި 1300 އަށްވުރެ ގިނަ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މިއަދު އަނއްކާ ފަހުން 7.5 މެގްނިޓިއުޑް ބާރު މިނުގައި އިތުރު ބިންހެލުމެއް ތުރުކީއަށް އައިސްފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
Post Views: 106