އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 73 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މަންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށިލުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ހާބަރ ޕޭވްމަންޓް ހެދުމުގެ 44 އިންސައްތަ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 52,271 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 35,849 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 40 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން އަދި 156 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެއިތުރުން 186 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހައި، މަގު ބައްތި ހަރުކޮށް، 1,275 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނޭ. ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއަށް 29.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.