އެމްޑީއޭގެ ތާއީދުވެސް ރައީސް ސޯލިހުއަށް

large_167708704351GRMc

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީއޭ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރަން ނިންމާ، އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމައިފިއެވެ.

ރައީސް ސޯލިހުއަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމީ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ނެގި ވޯޓުންނެވެ. މި ވޯޓުގައި 36 މެމްބަރުން ބައިވެރިވެފައިވާއިރު، ރައީސް ސޯލިހުއަށް ތާއީދު ކުރަން ފެންނަ ކަމަށް ނިންމެވީ 34 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދިނެވެ.

އެމްޑީއޭ އިން އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ އެ ޕާޓީން އެމްޑީޕީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.

އެމްޑީއޭގެ އިތުރުން އެމްޑީޕީއާއެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީންވެސް ވަނީ ނިންމާ އެކަން އިއުލާން ކޮށްފައެެވެ.

Leave a Reply

Your email address will not be published. Required fields are marked *