ހުޅުމާލޭގެ "ޖޫސް ޓައިމް" ކެފޭއަށް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަދެ އެތަން ސުންނާފަތިކޮށްލި މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ހެލްމެޓް އަޅައިގެން ތިބި ދެ މީހުން ސައިކަލެއްގައި އައިސް ޖޫސް ޓައިމް ސުންނާފަތިކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހުޅުމާލޭގެ އެޕާޓްމަންޓަކުން މައްސަލައާ ގުޅުންހުރި ހަތް މީހާކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ހަ ފިރިހެންނުނާއި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.
Post Views: 64